18 Mar 2020, 08:58
ކުންފުންޏެއްގެ ވިލިމާލޭ އޮފީހުގެ ސެކިއުރިޓީ އޮފީސަރެއް، ވިލިމާލޭގެ ޖޯއްޔެއްގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ވިލިމާލޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:13 ހާއިރު ކަމަށެވެ.
މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.