17 Mar 2020, 15:01
ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން، ވިލިމާލެއިން މީހަކު އެކަހެރިކޮށް ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.
ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ބަލީގެ އަލާމާތްތައް ފެނިފައި ވަނީ ދެކުނު ކޮރެއާއިން އައި ދިވެއްސެއްގެ ގައިން ކަމަށެވެ.
ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން އައުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. މަބްރޫކް ވިދާޅުވީ ޝައްކު ކުރެވޭ ދިވެހި މީހާ ދަތުރުކޮށްފައި ވަނީ، އެ ދެ ޕްރޮވިންސް ނޫން އެހެން ހިސާބަކުން ކަމަށެވެ.
ޝައްކު ކުރެވޭ މީހާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.
އަދި ބައެއް ފަރާތްތައް ހޯމް އައިސޮލޭޝަން އަށް ދާން އަންގާފައިވާނެ ކަމަށް ވެސް މަބްރޫލް ވިދާޅުވި އެވެ.