17 Mar 2020, 09:33
ކާމިޔާބު އެކްޓަރު އިދްރީސް އެލްބާ 47، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިދްރީސް އެލްބާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އޭނާ ކޮރޯނާއަށް ޓެސްޓްކުރި ކަމަށާއި އަދި އޭގެ ނަތީޖާ ދެއްކީ ޕޮސިޓިވްކޮށް ކަމަށެވެ. އޭނާ ބުނީ އޭނާގެ ހާލަތު މިވަގުތު ރަނގަޅުކަމަށެވެ. އެލްބާ ބުނީ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓްވެފައިވާކަން ޔަގީންވުމުން އޭނާ މިދިޔަ ހުކުރު ދުވަހުން ފެށިގެން އަމިއްލައަށް އެކަހެރިވި ކަމަށެވެ.
އެ ވީޑިއޯއިން އެލްބާގެ އަންހެނުން ސަބްރީނާވެސް ފެނިގެންދާއިރު އެލްބާ ބުނީ އޭނާގެ އަންހެނުން އަދި ކޮރޯނާއަށް ޓެސްޓްނުކުރާ ކަމަށެވެ. އެލްބާ އޭނާގެ ފޭނުންނަށް ބުނީ ހާސްނުވުމަށެވެ.
އެލްބާއަށް ވަނީ ގޯލްޑަން ގްލޯބް އެވޯޑްވެސް ލިބިފައެވެ. ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އެލްބާއަކީ ފާސްޓް އެންޑް ފިއުރިއަސްގެ ތަރިއެއްވެސް މެއެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ތޯރ"، "ނޯ ގުޑް ޑީޑް" އަދި "މޮލީސް ގޭމް" ހިމެނެއެވެ.
އެލްބާ ކޮރޯނާއަށް ޕޮޒިޓިވް ވިއިރު އެކްޓަރު ޓޮމް ހޭންކްސްގެ ދެމަފިރިން ވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ.
މަސްދަރު: ސީއެންއެން