އަންނަ އަހަރު އީދުގައި ސަލްމާން ހާން ނެރޭ ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ރޯލެއް ނިމިދިޔަ ބިގް ބޮސް ގެ ރަނަރަޕް އާސިމް ރިއާޒަށް ލިބިއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އާސިމް މި ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ތަރި ސަލްމާން ޚާންގެ ކޮއްކޮގެ ރޯލުން ކަމަށެވެ. އަދި އޭނާ މިހާރު އެ ފިލްމު ކުޅުމަށް ސޮއިކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ ފިލްމަކީ ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ސިނަމާތަކަށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. މި ފިލްމަކީ ޕޫޖާ އާއި ސަލްމާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. ކަބީ އީދު ކަބީ ދިވާލީ އިން ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރްމާ ވެސް ފެނިގެންދާނެއެވެ.

ދާދި ފަހުން އާސިމް ވަނީ ޖެކަލީން ފާނަންޑޭޒް އާއެކު ވީޑިއޯ ލަވައެއް ވެސް ކުޅެފައެވެ. އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.