12 Dec 2011, 12:39
މިނިސްޓްރީ އޮފް އެޑިއުކޭޝަން ވަގުތީ ގޮތުން ހިންގެވުން މިނިސްޓާ އޮފް ހައުސިން އެންޑް އެންވައިރަންމަންޓް މުހައްމަދު އަސްލަމް އާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އަސްލަމާ ހަވާލުކުރެއްވީ އެޑިއުކޭޝަން މިނިސްޓާ ސިފާ މުހައްމަދު މިވަގުތު ރާއްޖެގައި ވަޑައިގެން ނޫޅުއްވާތީ ކަމަަށެވެ.