15 Mar 2020, 17:01
ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ 55 އަހަރުން މަތީގެ މުވައްޒަަފުން ބަލިވެއްޖެ ނަމަ 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބީ މައި މަރުކަޒު، ބާޖަމާލުއްދީންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކޮމިޝަނުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އީސީގައި އެޗްޕީއޭއިން ކަނޑައާޅާ މިނގަނޑަށް ފެތޭ ގޮތަށް ސެނިޓައިޒާފަދަ ތަކެތި މިހާރު ގައިމްކޮއްފައިވާނެ ކަމަށ އަކްރަމް ވިދާޅުވިއެވެ.
"[ކޮރޯނާވައިރަހު]ގެ އަލާމާތެއް ފެނިއްޖެ ނަމަ، ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން 50 އަހަރަށްވުރެ ދޮށީ މުވައްޒަފުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވޭ،" އަކުރަމް ވިދާޅުވި އެވެ.
ކޮމިޝަންނުން މިއަދު ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ކޯޓަށް ހުށަހަޅާފަ އެވެ.
އަކްރަމް ވިދާޅުވީ، އީސީން ހަރަދުކުޑަކުރުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް މެނުވީ ނުކުރަމަށްވެސް ނިންމާފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ.
އެގޭ އިތުރުން ކޮމިޝަންގެ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލައި، ހައިކޯޓުން ގޮތެއް ނިންމަންދެން ވަގުތީ މުވައްޒަފުން މިވަގުތަށް ދޫކޮލުމަށްވެސް ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ވައިރަހަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.