ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދިނުމަށް ނިންމައިފި އެވެ.

ދިރާގުން ހިލޭ އިތުރު އެލަވަންސް ފޯރުކޮށްދޭން ނިންމާފައިވަނީ މި މަހާއި އޭޕްރީލް މަހު އެވެ.

"މިއީ ކޮވިޑް19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް." ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގުގެ މޮބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

އެ ލުއިތަކުގެ ތަފްސީލް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.