12 Dec 2011, 09:40
ރިޕަބްލިކް އޮފް ކަޒަކްސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މާފަންނު އެމޭޒަން ޑރ. އާއިޝަތު ޝެހެނާޒް އާދަމް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަން ކުރައްވައިފި އެވެ.
ކަޒަކްސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑރ. އާއިޝަތު ޝެހެނާޒް އާދަމް، ރައީސް، މި އައްޔަން ކުރެއްވީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.