ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ސްކްރީނުން ފެނިގެންދާ ފިލްމު "އަނގްރޭޒީ މީޑިއަމް" ލީކުކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްކްރީންކުރި އަނގްރޭޒީ މީޑިއަމް ލީކުކޮށްލާފައިވަނީ ތަމިލް ރޮކާޒްއިންނެވެ. ތަމިލް ރޮކާޒްއިން މި ފަހުން ރިލީޒްކުރަމުންދާ ގިނަ ފިލްމުތަކެއް ލީކު ކުރަމުން އަންނަ އިރުވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

"އަނގްރޭޒީ މީޑިއަމް"އަކީ އިންޑިއާއާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަންއެވެ. މި ފިލްމަށްފަހު މި ފިލްމުގެ ތިންވަނަ އިންސްޓޯލްމަންޓް "ޗައިނީޒް މީޑިއަމް" ހަދާނެކަމަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނެފައިވެއެވެ.