15 Mar 2020, 10:34
ބޮލީވުޑް ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ ކުޅަދާނަ ބަތަލާ އުރުވަޝީ ރޮޓޭލާގެ ކުރިޔަށް އޮތް ފިލްމު "ވާޖިން ބާނޫޕްރިޔާ" އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.
އަޖޭ ލޯހަން ޑައިރެކްޓްކުރާ އެ ފިލްމަކީ، ކޮލެޖެއްގައި ކިޔަވާ އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭނެ މަޖާ ފިލްމެކެވެ.
"ވާޖިން ބާނޫޕްރިޔާ"ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޑެލްނާޒް އިރާނީއާއި ރަޖީވް ގުޕްތާގެ އިތުރުން ގޯތަމް ގްލާޓީއާއި އަރްޗަނާ ޕުރާން ސިންގާ އަދި ބްރިޖެންދުރަ ކާލާއެވެ.
އުރުވަޝީ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ މިދިޔަ އަހަރު ސިނަމާތަކަށް ގެނައި "ޕާގަލްޕަންތީ"އިންނެވެ. އޭނާ ވަނީ "ހޭޓް ސްޓޯރީ 4" ފަދަ ފިލްމު ތަކުގައި މޮޅު އެކްޓިންއެއް ދައްކާފައެވެ.
މޮޑެލިން ކެރިޔާގައި ވެސް ބަބުޅަމުން އަންނަ އުރުވަޝީ ވަނީ ދާދި ފަހުން ރާއްޖޭގެ ރިސޯޓެއްގައި އޭނާގެ ޗުއްޓީވެސް ހޭދަ ކޮށްފައެވެ. އޭނާ ވަނީ ތިން ފަަހަރަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.