14 Mar 2020, 18:47
އިނގިރޭސިވިލާތުގައި މި އަހަރުގެ މޭ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް އެގައުމުގެ ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރު ދުވަހަށް ފަސްކޮށްފިއެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕްގައި މިހާރު ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ އެއް ގައުމެވެ.
އިނގިރޭސިވިލާތުން އިންތިހާބު ފަސްކުރަން ނިންމުމުން، ދެން އެ އިންތިހާބު ބާއްވާނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
އިނގިރޭސިވިލާތުގެ 798 މީހަކަށް ބަލިޖެހުނުއިރު މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި އެގައުމުގެ ހެލްތު މިނިސްޓަރުވެސް ހިމެނެއެވެ.
މީގެ ކުރިން 2001 ވަނަ އަހަރުވެސް ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ފެތުރޭތީ އެގައުމުގައި އިންތިހާބު ފަސްކުރިއެވެ. ނަމަވެސް އެފަހަރު އިންތިހާބު ފަސްކުރީ އެއް މަސް ދުވަހަށެވެ.
ޗައިނާގެ ވުހާންއިން ފެތުރެންފެށި ކޮރޯނާވައިރަހަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅައިފައެވެ.
މުޅި ދުނިޔެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 125،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު މަރުވި މީހުންގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފައެވެ.