އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ރިވަޑޭލް"ގެ ޓީމް މެންބަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކާއި "ކްލޯޒް ކޮންޓެކްޓް" ވެފައިވާކަމަށް ބުނެ އެ ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް މެދުކަނޑާލައިފިއެވެ.

މިހާރު ރިވަޑޭލް ޓީމުން ކުރަމުން އަންނަނީ ސީޒަން ހަތަރެއްގެ ޕްރޮޑަކްޝަން މަސައްކަތްކަތެވެ. އެ ޓީމް މެންބަރު މިހާރު ކޮވިޑް19 އަށް ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ރިވަޑޭލް ގެ ޓީމުން ބުނީ ޕްރޮޑަކްޝަން މަސައްކަތްތައް ވަގުތުން ހުއްޓާލީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވިސްނުމަށްފަހު ކަމަށާއި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްކަމަށެވެ.

ރިވަޑޭލްގެ މަސައްކަތްތައް މެދުކަނޑާލިއިރު ސީޒަން ހަތަރެއް ނިމެން އަދި ބާކީ ދެ އެޕިސޯޑް އެބައޮތެވެ. އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރުގައެވެ. މިހާތަނަށް ރިވަޑޭލްގެ 71 އެޕިސޯޑް ވަނީ ދައްކާފައެވެ.