ދ އަތޮޅުގައި ހިންގާ، ސަން އެކުއާ އިރުވެލި ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކުވާ އަލާމާތްތައް ފެނުނު ބިދޭސީ މީހާ އެ ވައިރަހަށް ނެގެޓިވް ކަމަށް މިރޭ ސަރުކާރުން ބުނެފި އެވެ.

ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުން އާދައިގެ މަތިން ބާއްވަމުން އަންނަ ނޫސްކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، އިރުވެލި ރިސޯޓުން ވައިރަހަށް ޝައްކު ކުރެވުނު މީހާ ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާ އިތުރަށް އޮބްޒާވްކުރުމުގެ ގޮތުން އަދިވެސް އައިސޮލޭޝަންގައި ހުރި ކަމަށް، މަބުރޫކް ވިދާޅުވި އެވެ.

ރާއްޖެއިން އަށް މީހަކު މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.