12 Mar 2020, 09:17
ކާމިޔާބު ފްރެންޗައިޒް "ހިންދީ މީޑިއަމް"ގެ ދެވަނަ ފިލްމު "އަނގްރޭޒީ މީޑިއަމް" ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު ޕްރޮޑިއުސަރު ދިނޭޝް ވިޖަން އުފާވެރި ހަބަރެއް ދީފިއެވެ.
ދިނޭޝް ބުނީ ފިލްމު އަނގްރޭޒީ މީޑިއަމް އަށް ފަހު "ޗައިނީޒް މީޑިއަމް" ވެސް ހަދާނެ ކަމަށެވެ. އެއީ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމަށް ކިޔާ ނަމެވެ. އިރުފާން ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ މަސައްކަތް ވެސް ފަށާނީ އޭނާގެ ސިއްހީ ހާލަތު ތަންދޭ ގޮތެއް ބެލުމަށް ފަހު ކަމަށްވެސް އޭނާ ބުންޏެވެ.
ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ސްކްރީނުން ފެނިގެންދާ ފިލްމު "އަނގްރޭޒީ މީޑިއަމް"އަކީ އިންޑިއާއާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަންއެވެ.