ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ޕެންޝަން އޮފީހުގެ ހިދުމަތްތައްވެސް އޮންލައންކޮށް ހޯދުމަށް އެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުންވެސް ވަނީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދަން ކޯލް ސެންޓާ ނަންބަރު 1441 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން މޮބައިލް އެޕުންނާއި ވެބްސައިޓް މެދުވެރިކޮށް ލައިވް ޗެޓް ކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ހަމައެހެންމެ، ފޭސްބުކްއާއި ޓުވިޓާ މެދުވެރިކޮށްވެސް މެސެޖުކުރެވޭނެކަމަށް ޕެންޝަންު އޮފީހުން ބުންޏވެ. އަދި ބުނީ އެކި ކަންކަން އޮޅުންފިލުވުމަށާއި ފޯމްތައް ހުށަހެޅުމަށް އެ އޮފީހަަށް މެއިލް ކުރެވޭނެ ކަމަށެވެ. އޮފީހުގެ މެއިލްއަކީ[email protected]އެވެ.

ޕެންޝަން އޮފީހަށް ގުޅޭނެ ނަންބަރަކީ 7331441 އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އަށް ރިސޯޓަކުން ތިން މީހަކު ވަނީ ފެނިފަ އެވެ. އެއީ ބަތަލާ، ކުރެއްދޫ އަދި ކުރަމަތި ރިސޯޓުންނެވެ.