11 Mar 2020, 17:55
މާލޭގައި ދަރިއަކުން މަންމައަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ހަމަލާ ދެނީ އަންހެން ދަރިއެކެެވެ. މަންމަ ޕޭވްމަންޓް މަތީގައި ހުއްޓައި އަންހެން ދަރި ފަހާ ދުއްވަމުން ދަނޑިއަކުން މަންމައަށް ހަމަލާދޭ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.
ކަށިމާ ހިނގުމުގައި ހުރި ގެއެއްގެ ކައިރީ އެ ހާދިސާ ހިނގީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.