11 Mar 2020, 10:58
ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކަރަންޓީނުކުރި ކުޑަ ކުއްޖާ، ވައިރަހަށް ނެގެޓިވް ވުމުން އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފާހަގަކުރެވިގެން ކުޑަ ކުއްޖަކު ކަރަންޓީނުކޮށް، އެ ރިސޯޓަށް އަރައިފޭބުން މަނާކުރީ އިއްޔެއެވެ.
ނަމަވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމާއެކު މިއަދު ހެނދުނު 09:00 ގައި އެ ރިސޯޓުގެ ކަރަންޓީނު ވަނީ ނިމުމަކަށް ގެނެސްފައެވެ.
މިއާއެކު ލޮކްޑައުންގައި މިހާރު އޮތީ ތިން ރިސޯޓެކެވެ. އެއީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އާއި، ކުރަމަތި އައިލެންޑް ރިސޯޓެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އިން ޕޮޒިޓިވްވި ހަތަރު މީހަކާއި، ބަތަލާއިން ޕޮަިޓިވްވި ދެ މީހެކެވެ.