10 Mar 2020, 22:34
ކުރީގެ އިންފޮމޭޝަން ކޮމިޝަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވައިފިއެވެ.
އޭނާ ކުރިމަތިލައްވާފައިވަނީ މައްޗަން ގޮޅީ މެދު ދާއިރާ އަށެވެ.
އަޒީ އަކީ ލ. މާވަށަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މާވަށު ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިލާ މީހާ އަކީ އެތަނަކަށް ނިސްބަތްވާ މީހަކަށްވުމަކީ ލާޒިމް ކަމެއް ނޫން ކަމަށެވެ.
"ބޭރު ގައުމުތަކުގައިވެސް މުނިސިޕަލް ކައުންސިލްތަކަށް ކުރިމަތިލާ އެތަންތަނުގައި ދިރިއުޅޭ މީހުން. ކޮންމެހެން އެތަނުގައި ރަޖިސްޓްރީވެފައި އޮންނާކަށް ނުޖެހޭ،" އަޒީޒް "ސަން" އަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަަތަރުވަނަ ދުވަހުއެވެ.