11 Dec 2011, 12:56
އީރާނުން މިދިޔަ ހަފްތާގައި ވައްޓާލި އެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޖާސޫސީ މަތިންދާބޯޓަކީ އީރާނަށް ލިބުނު އަގުނުކުރެވޭފަދަ ޓެކްނޮލޮޖީގެ ޣަނީމާއެއް ކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ކުރީގެ އޮފްސަރު އަދި ޕެންޓަގަންގެ މިހާރުގެ ޕްރެސް އޮފްސަރު ރޮބަޓް ޑެނިސްމޯރ ސިފަކުރައްވައިފިއެވެ.
ޑެނިސްމޯރ ވިދާޅުވީ ޕައިލެޓަކާނުލާ ދަތުރުކުރާ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯން މަތިންދާބޯޓަކީ އެމެރިކާގައި މިހާތަނަށް އުފައްދާފައިވާ މިބާވަތުގެ އެންމެ ފެންވަރުމަތީ ޓެކްނޮލޮޖީގެ ބޯޓަކަށްވުމުގެ އިތުރުން މިއީ ވަރަށް ނާދިރު ޓެކްނޮލޮޖީއެއްގައި އެމެރިކާގެ ސައެންސްވެރިން އުފައްދާފައިވާ ބޯޓެއް ކަމުގައެވެ.
"ސެންޓަލް" ޓެކްނޮލޮޖީގެ މިބޯޓުގެ ކޮންމެ ބަޔަކީވެސް މުޅިން އައުޓެކްނޮލޮޖީއެއްކަން ބަޔާންކުރައްވަމުން ޑެނިސްމޯރ ވިދާޅުވީ އެމެރިކާގެ މިބޯޓުގެ ރާޑަރ ސިސްޓަމާއި އޮނިގަނޑާއި އިންޖީނުގެ އިތުރުން އޭގައި ލާފައިވާ ދަވާދަކީވެސް އެބޯޓު ރާޑަރަށް ނުފެންނަގޮތެއްގެމަތިން ތައްޔާރުކޮށްފައިވާ ވަރަށް ނާދިރު ޓެކްނޮލޮޖީއެއްގެ ދަވާދެއް ކަމުގައެވެ.
ޑެނިސްމޯރއާ ޙަވާލާދީ އެމެރިކާގެ "ކްރިސްޓިޔަން ސައެންސް މޮނިޓަރ" ނޫސް ބުނިގޮތުގައި އީރާންފަދަ ހަތިޔާރުގެ އިންޑަސްޓްރީ ތަރައްޤީކުރަން ކުރަންމަސައްކަތްކުރާ އެމެރިކާގެ ދުޝްމަން ޤައުމެއްގެ ސައެންސްވެރިންގެ އަތްމައްޗަށް މިބޯޓު އެރުމަކީ އޭގެ ޓެކްނޮލޮޖީ ކޮޕީކޮށްގެން އިލެކްޓްރޯނިކް ޖާސޫސީ ޓެކްނޮލޮޖީ އިތުރަށް ތަރައްޤީކޮށް އެޓެކްނޮލޮޖީގައި ކުރިޔަށް "ދެމިގަތުމުގެ" ފުރްސަތު އީރާނަށް ލިބިގެންދާނެ ކަމެއް ކަމުގައެވެ. އެހެންކަމުން އެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯން މަތިންދާބޯޓު، އީރާނުގެ އަތްދަށުގައިވުމަކީ އެމެރިކާއަށް ލިބުނު ސްޓްރެޓީޖިކް ގެއްލުމެއް ކަމަށް ޑެނިސްމޯރ ސިފަކުރެއްވިއެވެ.
އީރާންބުނާގޮތުންމިދިޔަހަފްތާގައިއެޤައުމުގެވައިގެސަރަހައްދަށްވަންއެމެރިކާގެ އާރު.ކިޔޫ. 170 މަރުކާގެ ޑްރޯންމަތިންދާބޯޓްވައްޓާލާފައިވަނީއެޤައުމުގެއިރުމަތިން 250 ކިލޯމީޓަރުއެތެރެއިންނެވެ.މިބޯޓުގެވީޑިއޯއާއިފޮޓޯތައްއީރާނުންހާމަކޮށްފައިވާއިރުމިބޯޓަށްމާބޮޑުގެއްލުމެއްލިބިފައިނުވާކަމަށްވެސްއީރާންބުނެއެވެ. ބަޑިޖަހައިވައްޓާލުމުގެބަދަލުގައި"ސައިބަރ އެޓޭކެއް" ދީގެންއެމެރިކާގެބޯޓްއަތުލައިގަތީނުވަތައިލެކްޓޯނިކްކޮށްސައިބަރދަލެއްގައިޖައްސައިގެންއެބޯޓު"ބޭނީ" ކަމަށް އީރާންގެވައިގެސިފައިންބުނެއެވެ.
މިގޮތުންއެމެރިކާގެބޯޓް، އީރާންގެވައިގެ ސިފައިންގެ "އިލެކްޓްރޯނިކްއެންޑްސައިބަރވޯފެއަރ"ޔުނިޓްގެމަޅިއެއްގައިޖެއްސުމަށްފަހުއެބޯޓްގެކޮންޓްރޯލްހޯދައިގެން، ބޯޓަށްގެއްލުންއެންމެކުޑަވާނެގޮތަކަށްބޯޓު ބިމަށްތިރިކުރީކަމަށްއީރާނުގެވައިގެސިފައިންގެތަރްޖަމާނަކުވިދާޅުވިއެވެ. އެމެރިކާވެސްވަނީބަޑީގެހަމަލާއެއްބޯޓަށްއަމާޒުވިކަންއެނގެންނެތްކަމަށްބުނެ އީރާނުންއާންމުކުރިވީޑިއޯތައްދިރާސާކުރަމުންދާ ކަމަށް ބުނެފައެވެ.
އީރާނުން މިބޯޓު އަތުލައިގަތް ގޮތާމެދު އެމެރިކާ ކަންބޮޑުވެފައިވާއިރު އިލެކްޓްރޯނިކްއެންޑްސައިބަރވޯފެއަރ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ބޯޓުތައް އަތުލައިގަތުމުގެ ފަންނީ ޤާބިލްކަން އީރާން މިހާރު ހޯދާފައިވެދާނެ ކަމުގެބިރު އެމެރިކާ އިޙްސާސްކުރާކަމަށް ރޮބަޓް ޑެނިސްމޯރއާ ޙަވާލާދީ ކްރިސްޓިޔަން ސައެންސް މޮނިޓަރ ބުނެއެވެ.
އީރާން ކުރިއަރާފައިވާކަން އެމެރިކާއަށް އެނގޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަޒާގެ ސައެންސްގެ ދާއިރާއާއި ނެނޯޓެކްނޮލޮޖީއާއި ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ސްޓެމްސެލްގެ ރީސާޗް ފަދަ ދާއިރާތައް ހިމެނޭއިރު ޓެކްނޮލޮޖީގެ އެހެން ވަރަށްގިނަ ރޮނގުތަކުގައި އީރާން ކުރިއަރާފައިވާމިންވަރު އެމެރިކާއަށް ނޭންގޭކަމަށް މިނޫސް ބުނެއެވެ.
އީރާނުން އަތުލައިގަތް 6 މިލިޔަން ޑޮލަރުގެ އެމެރިކާގެ ޑްރޯން ޖާސޫސީ މަތިންދާބޯޓް، ޕެންޓަގަންއިން ޕްރޮގްރާމް ކޮށްފައިވަނީ އީރާނަށް ޖާސޫސުކުރުމަށްޓަކައި އެޤައުމުގެ ވައިގެ ސަރަޙައްދުގައި އުދުއްސުމަށްފަހު ސަލާމަތާއެކު އަފްޣާނިސްތާނަށް ޖައްސާގޮތަށް ކަމަށް އެމެރިކާގެ ޢަސްކަރީ ފަރާތްތަކާ ޙަވާލާދީ ކްރިސްޓިޔަން ސައެންސް މޮނިޓަރ ބުނެއެވެ. މިބޯޓު އީރާނުން އަތުލައިގަންނާނެ ކަމުގެ ޚިޔާލުވެސް އެމެރިކާ ކޮށްފައިނުވާ ކަމަށް މިނޫސްބުނެއެވެ.