11 Mar 2020, 08:43
ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ބާރުމިނުގައި ފެތުރެމުންދާއިރު ހުރިހާ މުއައްސަސާތަކުން ވެސް ވަނީ އަތްދޮވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.
އާންމު ފަރުދުން ހޭލުންތެރިކުރުވުމުގެ ގޮތުން ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުންވެސް މިވަނީ މި ފަދަ މެސެޖެއް އާންމުންނަށް ދޫކޮށްލާފަ އެވެ.
ޑާކްރެއިންގެ ޓީމުން ހިއްސާކުރި ވީޑިއޯ އިން ފެންނަނީ، ކޮމީޑިއަން ސުނީ އަތް ދޮންނަ ގޮތް މަޖާގޮތަކަށް ކިޔާލަދޭ ތަނެވެ. އެ ވީޑިއޯ އިން ވެސް ދޭ މެސެޖަކީ ކޮވިޑް-19 އިން ސަލާމަތްވުމަށް އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމެވެ. އަދި ސާފުތާހިރުވުމެވެ. މި ވީޑިއޯ އަކީ ކުޑަކުދިންނަށް ހާއްސަ ވީޑިއޯއެކެވެ.
އެ ވީޑިއޯ ގައި ސުނީ ދައްކުވައިދެނީ އަތްދޮންނަން ވީ ގޮތެވެ. ކުޑަކުދިންގެ ރައިމް، ބޭބީ ޝާކްގެ ލަވަކިޔަމުން ސުނީ އަތް ދޮންނަ ގޮތް ދައްކުވައިދިން ވީޑިއޯ އަށް އަންނަނީ ތައުރީފް އޮހެމުންނެވެ. ހަމަ އަތްދޮންނަންވީ އެވެ.