މާފަންނު ގެއެއްގެ ސެކިއުރިޓީ ގާޑު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ސެކިއުރިޓީ ގާޑަކަށް އިންދާ ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.