11 Dec 2011, 11:23
ގދ. ނަޑެއްލާ ރަށު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން ހޮވިވަޑައިގަތް އިބްރާހިމް އަހުމަދު ޕީޕިއެމަށް ސޮއިކޮށްފި އެވެ.
އިބްރާހިމް އަހުމަދު ވިދާޅުވީ އެނާ ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމަކީ މުސްތަގްބަލް އޮތް ޕާޓީއަކަށްވެފައި ކުރިއަށް އޮތްތާގައި ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލްކުރެވެނީ ޕީޕީއެމާ ގުޅުމުން ކަމަށް ފެންނާތީ ކަމަށެވެ.
ނަޑައްލާގެ ކައުންސިލް އެކުލެވިފައިވާ ގޮތުން އެކައުންސިލްގައި ޑީއާރްޕީގެ ހަތަރު މެންބަރު ތިބި އިރު އަހުމަދު ޕީޕިއެމާ ގުޅުމުން މިހާރު ކައުންސިލްގައި ތިއްބެވީ ޑީއާރްޕީގެ ހަތަރު މެންބަރުންނާއި ޕީޕީއެމްގެ މެންބަރެކެވެ.
މީގެކުރިން ވަނީ ރ. އިންނަމާދޫގެ ދެ ކައުންސިލަރަކު ވެސް ޕީޕީއެމަށް ސޮއިކޮށްފަ އެވެ. ޕީޕީއެމަށް ނިސްބަތް ވާ ކައުންސިލަރުންގެ އަދަދު ހަތަރަކަށް އެރީ އެވެ.