10 Mar 2020, 13:12
ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބަދާއި ހޯ"ގެ ސީކުއަލް "ބަދާއީ ދޯ" އަށް ބޫމީ ޕަޑްނޭކަރު އާއި ރާޖްކުމާރު ރާއޯ ހަމަޖައްސައިފިކަމަށް ޚަބަރުތައް ބުނެފި އެވެ.
ހަރްޝްވަދަން ކުލްކާނީ ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް ޑައިރެކްޓްކުރާއިރު ރާޖްކުމާރު މި ފިލްމުން ފެނިގެންދާނީ ދިއްލީ އަށް ނިސްބަތްވާ ފުލުހެއްގެ ރޯލުންކަމަށް ހަބަރުތައް ބުނެ އެވެ. ބޫމީ މި ފިލްމުން ފެނިގެންދާނީ ޕީޓީ ޓީޗަރެއްގެ ރޯލުންނެވެ.
"ބަދާއީ ދޯ" އަކީ ލޯބީގެ ވާހަކަ އެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބަދާއީ ހޯ އަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ. ސަނާޔާ މަލޯތުރާ، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގައި ފެނިގެންދަނީ އާޔޫޝްމަންގެ ދުވަސްވީ މައިންބަފައިންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރާ އެކު އާޔޫޝްމަންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.