09 Mar 2020, 12:04
ޖުމައިރާ ރިސޯޓް ގޮނޑުދޮށުން ކިނބުލެއް ފެނިއްޖެެ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:32 ގައި ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ، ގޮނޑުދޮށުގައި އޮތް ހަތަރު ފޫޓުގެ ކިނބުލެއް ފެނިފައި ވަނީ އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަކަށް ކަަމަށެވެ. އެ ކިނބުލާ ކައިރިވިތަނާ އެ ކިނބޫ މޫދަަށް ފައިބައިގެން ދިޔަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކިނބޫ ފެނުމާ ގުޅިގެން އެމްއެންޑީއެފްއިން މިހާރު ދަނީ ރިސޯޓް ކައިރީގައި ހަރަކާތްތެރިވަމުންނެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކިވަރުގެ ކިނބޫ ފެނިފައިވެ އެވެ. އެގޮތަށް ފެނުނު ކިނބުލެއް ކުޑަކުދިންގެ ބަގީޗާގައިވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ކިނބުލަށް ވީގޮތެއް ނޭނގެ އެވެ.