ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ބުނެ އާޓްފިޝަލް ބީޗުގައި އަޑު އުފުލި ބަޔަކާ ދިމާލަށް އޮތްގަލުން ހަމަލަދީފި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ދިމާކޮށް، ދީނީ މިނިވަންކަމަށް ގޮވާލައި މިއަދު ހަވީރު 4:30 އެހާކަންހާއިރު އާޓްފިޝަލް ބީޗަށް އެއްވީ 20 މީހުން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އޭނާ ބުނީ ދީނީ މިނިވަން ކަމަށް ގޮވާލި މީހުންނަށް ހަމަލާދިނީ އެ ސަރަހައްދުގައި ތިބި އާންމުގެ ބަޔަކު ކަމަށެވެ. ގާއުކައި އެ މީހުންނަށް ހަމަލަދިނުމުން އެކެއްގެ ބޯޅައިގެން ގޮސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އެނާ ބުންޏެވެ. ނަމަވެސް އޭނާ އަށް ފަރުވާދިނުމަށް ފަހު މީހާރު ވަނީ ދޫކޮށްލާފަ އެވެ.

ޒަހަމްވި މީހަކީ ދީނީ މިނިވަންކަމާއި އެއްޖިއްސުން ގުޅުން ހިންގުމަށް ހިއްވަރުދޭ ލިޔުންތައް ޝާއިރު ކުރާ ބޮލޮގަރެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާޓްފިޝަލް ބީޗުގައި މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށާއި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ދީނީ މިނިވަންކަމަށް މިއަދު ބަޔަކު ގޮވާލި އިރު، ރާއްޖޭގެ ގާނޫނު އަސާސީގެ 10 މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. އަދި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެ ކަމަށެވެ.