09 Mar 2020, 09:38
ޕްރިމިއާ ލީގުގައި ރޭގައި މެންޗެސްޓާ ޔުނައިޓެޑް، ލޯކަލް ޓީމު މެންޗެސްޓާ ސިޓީ ބަލިކޮށް، ކާމިޔާބީގެ ސްޓްރީކް 10 މެޗަށް އަރުވައިފި އެވެ.
މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ރޭގައި ކުޅުނު މެޗުގައި ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރެވުނީ ބްރޫނޯ ފާނަންޑޭޒް ޖެހި ފްރީ ކިކަކާއެކުގައެވެ. ފުރަތަމަ ހާފުގައި އެ ގޯލު ކާމިޔާބުކޮށްފައިވަނީ އެންތަނީ މާޝަލް އެވެ. އެއާއެކު މުޅި ލީގުގައި މާޝަލް ޖެހި ގޯލުގެ އަދަދު ވަނީ 10 އަށް އަރާފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ފެނިގެން ދިޔައީ ސިޓީ އިން ވަރުގަދަ ކުޅުމެއް ދެއްކި މަންޒަރެވެ. އެގޮތުން ޔުނައިޓެޑަށް ގޯލު ޖަހަން ލިބުނު ފުރުސަތުތައްވެސް ވަނީ ސިޓީއިން ހަނިކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީއިން އިތުރަށް ކުޅުން ވަރުގަދަކޮށްފައިވެއެވެ. މެޗުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ އިތުރުގަޑީގައެވެ.
އެގޮތުން އިތުރު ގަޑީގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ޖަހާފައިވަނީ ސްކޮޓް މެކްޓޮމިނޭ އެވެ.
ރޭގެ ނާކާމިޔާބީއާއެކު ސިޓީ ވަނީ ތާވަލުގައި އިތުރަށް ތިރިއަށް ގޮސްފައެވެ. ސިޓީ މިހާރު އޮތީ ލިވަޕޫލް އަށްވުރެ 25 ޕޮއިންޓް ފަހަތުގައެވެ. އަދި އެއާއެކު ލީގުގައި 30 އަށްފަހު ލިވަޕޫލް ވަނީ ކާމިޔާބީއާ އިތުރަށް ކައިރިކޮށްލާފައެވެ.
ރޭގެ މެޗުން ޔުނައިޓެޑަށް ލިބުނު ކާމިޔާބީއާއެކު، އެ ޓީމު މިހާރު އޮތޯ ތާވަލުގެ ފަސްވަނައަށެވެ. އަދި ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދުގައި އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.