ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގްބޫލު ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އަށް އާ ދެ ތަރިއެއް ގެންނަން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.

ޝޯގެ ކާސްޓާ އަލަށް ގުޅޭނެ ދެތަރިއަކީ "ދިވްޔާ ދުރިޝްތީ" ގައި ހަރަކާތްތެރިވި ޕަރުލް ޗައުދަރީ އާއި "ކަބީރު ސިންގް" ގެ އެކްޓަރު ކުނާލް ތާކޫރެވެ. ކަސޯޓީގައި ޕަރުލް ފެނިގެންދާނީ ކެނެޑާއިން އަންނަ އަނޫރާގްގެ ކޮއްކޮގެ ރޯލުންނެވެ.

ކަސޯޓީ އަށް ބޮޑު ޓްވިސްޓްތަކެއް އަންނަ ދަނޑިވަޅެއްގައި ޑްރާމާ އާ ތަރިން ގެނައުމަކީ އެންމެ ރަނގަޅު ބަދަލުކަމަށް ރިޕޯޓްތައް ބުނެއެވެ. ޑްރާމާ ގައި ބަޖާޖް ރޯލު ކުޅުނު އެކްޓަރު ކަރަން ސިންހް ގްރޯވަރު ހިތްހަމަނުޖެހުންތަކަކާއެކު ޝޯ ދޫކޮށްލި ނަމަވެސް އެނބުރި މި ޝޯ އަށް ވަނީ އައިސްފައެވެ.