އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީން ވައްކަންކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮކާކޯލާގެ އޮފީސް ފަޅާލައިފައި ވަނީ މިއަދު ފަތިހު 04:40 ހާއިރު ކަމަށެވެ.

އެ އޮފީސް ފަޅާލައި ތިޖޫރީ ހަލާކުކޮށްލައިގެން 34،000 ރުފިޔާ ވަނީ ވަގަށް ގެންގޮސްފައެވެ.

މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.