08 Mar 2020, 15:11
އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު އާ ބައްދަލުކޮށް 2-1 އިން މޮޅުވެ ލިވަޕޫލް ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދު އާކޮށްލައިފި އެވެ.
ލިވަޕޫލް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިފައެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ އާ އަމާޒެއް ހިފާލާފަ އެވެ.
ރޭގެ މެޗާއެކު ލިވަޕޫލް ވަނީ 29 މެޗެއް ކުޅެ އެއްވަނައަށް އަރާފައެވެ. ލިވަޕޫލް އެއްވަނަ އަށް އަރާފައިވަނީ 82 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އެ ޓީމު ވަނީ 27 މެޗެއް ކުޅެ 57 ޕޮއިންޓް ހޯދާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންސްކަން އެންމެ ފަހުން ލިވަޕޫލް އަށް ލިބިފައިވަނީ މީގެ 30 އަހަރު ކުރީންނެވެ. ނަމަވެސް ގިނަ ބަލި ތަކަކަށްވުމަށްފަހު ކާމިޔާބީއެއް ލިބުމުން ޓީމުގެ ތެރޭގައި އޮތް ޓެންޝަން ވަރަށް ވަރުގަދަައެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ބޯންމައުންތު އެވެ. މެޗުގެ ނުވަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދީފައިވަނީ ކޯލަމް ވިލްސަން އެވެ. އެހެންނަމަވެސް ބޯންމައުތު އަށް މާ ގިނަ އިރު އެ ލީޑު ގާއިމުކޮށްގެނެއް ނުތިބެވުނެވެ.
ފުރަތަމަ ހާފުގެ 25 މިނެޓުގެ ތެރޭގައި ލިވަޕޫލުން ފުރަތަމަ ގޯލު ޖަހައި ބޯންމައުތު އާ އެއްވަރުކުރިއެވެ. އެ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީފައިވަނީ މުހައްމަދު ސަލާހު އެވެ. އަދި މެޗުގެ ފަހު ގޯލު ޖަހާފައިވަނީ ސަޑިއޯ މަނޭ އެވެ. އޭނާ ގޯލު ޖަހާފައިވަނީ މެޗުގެ ފުރަތަމަ 33 މިނެޓުގެ ތެރޭގައެވެ.