10 Dec 2011, 16:55
މެނީލާ (ޑިސެމްބަރު 10) : ފިލިޕީންސްގެ ފްރައިވެޓް މަތިންދާ ބޯޓެއް މިއަދު ހެނދުނު ވެއްޓި 11 މީހަކު މަރުވެއްޖެ އެވެ.
ފިލިޕީންސްގެ ސިވިލް އޭވިއޭޝަނުން ބުނިގޮތުގައި މި ބޯޓަކީ ފިލިޕީންސްގެ މުއްސަނދި އާއިލާއެއްގެ ބޯޓެއް ކަމަށާއި މިބޯޓު ވެއްޓިފައިވަނީ މެނީލާގެ އެއާޕޯޓަކުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
މިބޯޓުވެއްޓިފައި ވަނީ މެނީލާގެ ފަގީރުންގެ ގެތަކެއްގެ މައްޗަށެވެ. މިހާދިސާގައި 30 ގެ އަނދާ ހުލިވުމުގެ އިތުރުން މަދްރަސާއެއްގައި އަލިފާން ރޯވެ އެތައް ބަޔަކު ފިހިފައިވެ އެވެ. މަރުވި 11 މީހުންގެ ތެރޭގައި ބޯޓު ވެއްޓުނު ގެތަކުގެ މީހުން ވެސް ހިމެނޭ ކަމަށާއި މިހާދިޝާގައި އަލިފާނުގެ ސަބަބުން ފިހުނު މީހުންގެ ތެރެއިން 20 މީހެއްގެ ހާލު ވަރަށް ދެރަ ކަމަށް ފިލިޕީންސްގެ ރެޑްކްރޮސް ޖަމާއަތުން ބުނެ އެވެ.
މިބޯޓުން ދަތުރުކުރި ކަމަށް ވަނީ ޕައިލެޓާ އެކު ނުވަ މީހުންނެވެ. މީގެތެރޭގައި ތުއްތު ދެ ކުއްޖަކު ވެސް ހިމެނެ އެވެ. މިބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި އެނގިފައިނުވާ ކަމަށް ފިލިޕީންސްގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ ރާމޮން ގޮތީރީޒް ވިދާޅުވި އެވެ. (ފްރާންސް ޕްރެސް)