މަގްބޫލު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިނުމަށް އަމާޒު ހިފައިފައިވާ ފުރަތަމަ ފިލްމު "ނޮވެމްބަރު"ގެ ލަވަ "ލަފްޒު" ރިލީޒްކޮށްފިއެވެ.

ސައުންޑްކްލައުޑުން މިހާރު އެލަވަ އަޑުއިވިގެންދާއިރު އެ ލަވައިގެ ލަފްޒުތައް ހަމަ ވަރަށް ފުރިހަމައެވެ. ތަފާތެވެ. "ލަފްޒު" ހަމަ ރީތީއެވެ. ލަވަކިޔުންތެރިޔާ މުހައްމަދު ޝައްމޫންގެ ހިއްގައިމު އަޑުން އެ ލަވަ އިވިގެންދާއިރު އެ ލަވައަކީ އޭނާ ލިޔެ ރާގު ހަދާފައިވާ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ތައްޔާރުކުރީ ހުސައިން ތައުފީގް އެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ ޖުލައި ހަވަނަ ދުވަހު އެވެ. އެ ފިލްމުގެ ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގަ އެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.