23 Jun 2010, 10:06
14:30
ދިރާގު ވޯލްޑްކަޕް އެކްސްޕީރިއަންސްގެ ދަށުން ކުރިއަށްގެންދިޔަ "ވޯލްޑްކަޕް އެސްއެމްއެސް ކުއިޒް ޕްރޮމޯޝަން" އަދި "ޓަޗް ނެޓް 50 ޕަސެންޓް ޑިސްކައުންޓް ޕްރޮމޯޝަން"ގެ ނަސީބުވެރި ފަރާތްތަކަށާއި ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އެސްއެމްއެސް ކޮށްގެން ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމް ދީފި އެވެ.
މަޖީދީ މަގުގައި ހުންނަ ދިރާގު މޯބައިލް ޝޮޕްގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ކޮކާކޯލާއާއެކު ކުރިއަށް ގެންދިޔަ ކޯކުބޮއިގެން ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ލިބޭ ފަރާތް ވަނީ ހޮވާފަ އެވެ. އެގޮތުން ކޯކު ފުޅީގެ މަތިގަނޑުގައިވާ ނަމްބަރު ދިމާކޮށްގެން މި މަހުގެ 27 ގައި ކުޅޭ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ މެޗެއް ބަލާލުމުގެ ފުރަސަތު ލިބިފައި ވަނީ އަބްދުﷲ ޖަމީލަށެވެ. އޭނާ އަށް ވޯލްޑްކަޕްގެ ފުލް ޕެކޭޖެއް ލިބިފައި ވަނީ ދިރާގު ޓަޗް ކަނެކްޝަން މެދުވެރިކޮށް މަތިގަނޑުގައިވާ ނަމްބަރު ފޮނުވައިގެންނެވެ. މި އިނާމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖަމީލް ބުނީ އޭނާ އަށް އެ އިނާމް ލިބުނީ ހަ ކޯކް ފުޅީގެ މަތިގަނޑުގައިވާ ނަމްބަރު އެސްއެމްއެސްކޮށްގެން ކަމަށެވެ.
މީގެ އިތުރުން ވެސް "ޓަޗް ނެޓް 50 ޕަސެންޓް ޑިސްކައުންޓް ޕްރޮމޯޝަން"ގެ ދަށުން ޓަޗްނެޓް މޯޑަމް ގަތް ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު މައުމިން ރަޝީދަށް ވަނީ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. އަދި "ވޯލްޑްކަޕް އެސްއެމްއެސް ކުއިޒް ޕްރޮމޯޝަން"ގެ ދަށުން ކުރިއަށް ގެންދިޔަ ކުއިޒްގެ ޖަވާބު ރަނގަޅުކުރި ތިން ފަރާތަށް ވެސް ވަނީ އިނާމް ދީފަ އެވެ. އެގޮތުން ޖަވާބު ރަނގަޅު ކުރި ތިން ފަރާތް ކަމަށްވާ މުހައްމަދު ސާމިރާއި، އައިމިނަތު ސާދުނާ އަދި ހުސެއިން ނައުފަލަށް ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީ އަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބިފަ އެވެ.