ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އޮތުމުން ސައުދީ އަރަބިއާއިން ހަރަމްފުޅު ބަންދު ކުރަން ނިންމައިފި އެވެ. އެއީ ފަހުގެ ތާރީހުގައި ހަރަމްފުޅު އެގޮތަށް ބަންދު ކުރި ފުރަތަމަ ފަހަރެވެ.

ސައުދީން ހަރަމްފުޅު ބަންދު ކުރީ މިދިޔަ އަންގާރަ ދުވަހު އެގައުމުން ކޮރޯނާވައިރަސް ފެނުނު ފަހުންނެވެ. އޭގެ ސަބަބުން އެގައުމުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އުމްރާ ކުރުން ހުއްޓާލާފަ އެވެ.

ސައުދީން ވަނީ ކޮރޯނާވައިރަސް ފެތުރިދާނެތީ އުމްރާ ކުރުން ހުއްޓާލާފަ -- ފޮޓޯ: އޭއެފްޕީ

އެއަށް ފަހު ރޭ ސައުދީން ވަނީ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ސާފު ކުރަން ބަންދުކޮށްފަ އެވެ. އަދި މިއަދު ފަތިސް ނަމާދުގެ ކުރިން އެ ދެ މިސްކިތް ވަނީ ހުޅުވާފަ އެވެ.

ސައުދީން ވަނީ އިއްޔެވެސް ހަރަމްފުޅު ސާފުކޮށްފަ -- ފޮޓޯ: އޭއެފްޕީ

ސައުދީ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ދެން ކޮންމެ ދުވަހަކުވެސް އެ ދެ މިސްކިތް ސާފު ކުރުމަށްޓަކައި އިޝާ ނަމާދާއި ފަތިސް ނަމާދާ ދޭތެރޭ ދެ މިސްކިތް ބަންދު ކުރާނެ އެވެ. އަދި އެގައުމުގައި އުމްރާ ކުރުން ހުއްޓާލާފައި އޮންނަ މުއްދަތުގައި ހަރަމްފުޅާއި ސަފާ އާއި މަރުވާ އާ ދޭތެރޭ އޮންނަ ސަރަހައްދުވެސް އޮންނާނީ ބަންދުކޮށްފަ އެވެ.

މައްކާގެ މަސްޖިދުލް ހަރަމް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ -- ފޮޓޯ: ރޮއިޓާސް

ސައުދީން ވަނީ ހަރަމްފުޅު ބަންދުކޮށްފައި އޮތް ނަމަވެސް މަސްޖިދުލް ހަރަމްގައި މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އެފިޔަވަޅުތައް އަޅާފައި ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

ސައުދީން ވަނީ ހަރަމްފުޅު ބަންދު ކުރި ނަމަވެސް، މަސްޖިދުލް ހަރަމްގައި މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ސައުދީން ވަނީ އެ މުއްދަތުގައި މަސްޖިދުލް ހަރަމަށް ކާނާ އާއި ބުއިންތައް ވެއްދުން މަނާކޮށް، ޒަމްޒަމް ފެން ނެގޭ ގޮތްވެސް ބަންދުކޮށްފަ އެވެ. އަދި އިހުރާމުގައި ހުންނަ މީހަކު ދެން މަސްޖިދުލް ހަރަމަށް ނުވައްދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައުދީން ވަނީ ދެން ކޮންމެ ރެއަކުވެސް އިޝާ ނަމާދާއި ފަތިސް ނަމާދާ ދޭތެރޭ ދެ މިސްކިތް ބަންދު ކުރާނެ ކަމަށް ބުނެފަ --

ސައުދީ އަރަބިއާގައި މިހާތަނަށް ފަސް މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ސައުދީގައި މިހާތަނަށް ފަސް މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ --

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ 80އަށް ވުރެ ގިނަ ގައުމަށް ފެތުރި، އެ ވައިރަހަށް 98،000އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަސް ހުރި 3,389 މީހަކު ވަނީ މަރުވެފަ އެވެ.

ސައުދީން ވަނީ ކޮރޯނާވައިރަސް ފެތުރިދާނެތީ ހަރަމްފުޅު ބަންދުކޮށްފައި ބަހައްޓަން ނިންމާފަ --