06 Mar 2020, 13:28
އާންމުން ހެދުން އެޅުމުގެ ގޮތްތަކަކީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ އެއްޗެކެވެ. ދާދި ފަހަކަށް ޖެހެންދެން އެންމެ ގިނަ ބަޔަކު ހެދުން އަޅަމުން އައިސްފައިވަނީ 1990ގެ އަހަރުތަކުގައި މީހުން ހެދުން އަޅަމުން ދިޔަ ގޮތްތައް ނަކަލުކޮށްގެނެވެ. ނަމަވެސް އެ ޓްރެންޑު މަތީން މީހުން ފޫހިވެއްޖެއެވެ. މިހާރު މަޝްހޫރުވާން ފަށާފައިވަނީ 80ގެ އަހަރުތަކުގައި މަޝްހޫރުވި ފެޝަން ސްޓައިލްތަކެވެ.
އަށްޑިހައިގެ އަހަރުތަކަކީ ވީހާވެސް ގޮތްބޮޑު ހެދުންތަކާއި ތަފާތު އެސަސެރީސްގެ އަހަރުތަކެކެވެ. އެގޮތުން އެގޮތުން ފެނީޕެކް އާއި ކަސްޓަމް ޑެނިމް ޖެކެޓް ފަދަ ތަކެތި 80ގައި މަޝްހޫރުވިއެވެ. މިހާރު 80ގެ ޓްރެންޑުތައް އާންމުވެފައިވާއިރު އެ ޓެރެންޑުތަކަށް ކުދިކުދި ބަދަލުތައް ގެނެސްފައިވެއެވެ.
އޯވަސައިޒްޑް ބްލޭޒާ

(ކ) ޖީޖީ ހަދީދް މިއަހަރު، (ވ) ސެރާ ޖެސިކާ ޕާކާ 1980ގައި --
ކަސްޓަމްކޮށް ތައްޔާރުކޮށްފައިވާ ޑެނިމް ޖެކެޓް

(ކ) ގްވެން ސްޓެފާނީ މިދިޔަ އަހަރު، (ވ) މެޑޯނާ 1984 ގައި --
ތަފާތު ޖަނަވާރުގެ ޕްރިންޓު ނަކަލުކުރާ މެޓީރިއަލް

(ކ) އޭން ހެތަވޭ މިދިޔަ އަހަރުގައި، (ވ) ބާބަރޭ ކެރޭރާ 1984ގައި
މަހުމާ މެޓީރިއަލް ހެދުން

(ކ) އެމީ ރޮސަމް މިދިޔަ އަހަރުގައި، (ވ) ކްރިސްޓީނާ އެޕަލްގޭޓް 1987ގައި
ސީކުއިންސް

(ކ) ޖެނިފާ ލޯރެންސް މިދިޔަ އަހަރު، (ވ) ހެދާ ލޮކްލިއާ 1989 ވަނަ އަހަރުގައި
ފެނީ ޕެކް

(ކ) ރޮމީ ސްޓިޖް މިއަހަރު، (ވ) ޝެރީލް ޓީގްސް 1989 ގައި
ލޯގަނޑު ފަދަ ލެންސު އަވި އައިނު

(ކ) ހެއިޑީ ކްލޫމް މިދިޔަ އަހަރު، (ވ) ޕްރިންސަސް އޮފް ވޭލްސް ޑަޔާނާ 1986 ގައި