ރ. އިންނަމާދޫ ކައުންސިލްގައި މަސައްކަތް ކުރާ އަމިއްލަ ދެ ކައުންސިލް މެމްބަރަކު ރޭ ޕީޕީއެމް އަށް ސޮއިކޮށްފި އެވެ.

އިންނަމާދޫން ޕީޕީއެމް އަށް ސޮއިކުރެއްވީ އެ ރަށު ކައުންސިލް ދެ މެމްބަރުން ކަމުގައިވާ އަބްދުއްސައްތާރު ހަސަން އާއި މުހައްމަދު ސަހާދު އެވެ. އެ ދެ މެމްބަރުން ވެސް ޕީޕީއެމް އަށް ސޮއިކޮށްފައި ވަނީ އިންނަމާދުގައި ރޭ ބޭއްވި ޕީޕީއެމްގެ އާއްމު ޖަލްސާއެއްގަ އެވެ. އެ ދެ މެމްބަރުން ސޮއިކުރެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަ ވަނީ ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުންނެވެ.

އިންނަމާދޫގެ ދެ ކައުންސިލަރުންގެ އިތުރުން ރަށުގެ އާއްމުންގެ 20 މީހަކު ވެސް ވަނީ ރޭގެ ޖަލްސާގައި ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި އެމްޑީޕީ އެކްޓިވިސްޓުން ވެސް ހިމެނޭ ކަމަށް ރަށުން މައުލޫމާތުދެ އެވެ.