10 Dec 2011, 11:02
ކ.ނަކައްޗާ ފުށީ ރިސޯޓް ކައިރީގައި އޮތް ”ބުލޫ ޑޮލްފިން” ކިޔާ ސަފާރީގައި ހޮޑުލެވިގެން ހާލުދެރަވެފައިވާ ބަލި މީހަކު އެމްއެންޑީއެފްއިން މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި ރޭގެ ވަގުތެއްގައި ތ.ގާދިއްފުށީ ފާތިމަތު ސައީދު މުހައްމަދު (22) މާލެ ގެނެސްފައި ވަނީ އޭނާއަށް ހޮޑުލެވުމުގެ ސަބަބުން ހާލުދެރަވެގެން، މާލެ ގެނެސްދިނުމަށް އެ ސަފާރިން އިން އެމްއެންޑީއެފްގައި އެދުމުން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ހާބަރު ކްރާފްޓް ލޯންޗެއްގައި އެމީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށެވެ.