05 Mar 2020, 11:25
ދުނިޔޭގެ އެކިކަންކޮޅުތަކެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް 19 ވައިރަހުން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް އެކި ގައުމުތަކުން އެކި ފަންތިތަކުގައި ދަނީ ކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބައްޔަކީ މުޅީ ދުނިޔެއަށް "ޕަބްލިކް ހެލްތު އެމެޖެންސީ"އެއްގެ ގޮތުގައި އިއުލާނު ކޮށްފައިވާއިރު މި ބަލީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވެނީ ދުނިޔޭގެ އިގްތިސާދަށެވެ.
ގިނަ ގައުމުތަކުން ޗައިނާއަށް ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލާފައި ވާ އިރު، އެކަމުގެ ސަބަބުން ބައިނަލްއުވާމީ ވިޔަފާރިއަށް ހުއްޓުން އަރާފައިވެއެވެ. އަދި ޓޫރިޒަމަށްވެސް އަސަރު ކޮށްފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އައިޓީބީ ބާލިންވެސް ކެންސަލްކޮށްފައިވާ އިރު، ޚުދު ރާއްޖޭގެވެސް ގިނަ ޓޫރިޒަމް ބުކިންގްތަކެއް ކެންސަލްވެފައިވެއެވެ.
ޗައިނާގެ އިތުރުން ޖުމްލަ 60 އެއްހާ ގައުމަކުން އެއްލައްކައެއްހާ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 3،000 އެއްހާ މީހުން މަރުވެފައިވެއެވެ.
"ސަން"ގެ ވީޑިއޯ ޖާނަލިސްޓް މިހުނާ ނާސިހު މި ކިޔާދެނީ ކޮވިޑް 19 އާއިއެކު ރާއްޖެއިން އަޅާފައިވާ މުހިންމު ފިޔަވަޅުތަކާއި އަދި މި ބަލީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާނެ ބައެއް އަސަރުތަކަށެވެ.
ވީޑިއޯ އަދި އެޑިޓިންގް: މާޝާ ނައީމް އަދި އިބްރާހިމް މިސްބާހް