05 Mar 2020, 08:43
ތެލުގޫ ފިލްމު "ތަދަމް"ގެ ހިންދީ ރީމޭކެއް ހަދަން ނިންމައި އެ ފިލްމުން ފެނިގެންދާނެ ފިރިހެން ލީޑު ތަރި ހާމަކޮށްފި އެވެ.
ތަދަމް ނަމަކަށް ކިޔާ އެ ފިލްމުގެ ހިންދީ ރީމޭކަށް ބޮލީވުޑްގެ ބަތަލު ސިދާތް މަލްހަތްރާ ވަނީ މިހާރު ހަމަޖައްސައިފައެވެ. އެކްޝަން، ތްރިލާ ޖޯންރާގެ އެ ފިލްމުގެ ތަމަޅަ ފިލްމު ނެރުނީ މިދިޔަ އަހަރެވެ. މި ފިލްމުގެ ހިންދީ ރީމޭކް ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެއެވެ.
މި ފިލްމާ ގުޅޭ ގޮތުން ސިދާތް ބުނީ މި ފިލްމުގެ ވާހަކަ ވަރަށް ކަމުދާ ކަމަށާއި މިހާރު ވެސް ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ. ތަދަމްގައި ސިދާތް ކުޅޭނީ ޑަބަލް ރޯލެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް ޑަބަލް ރޯލެއް ކުޅެފައެވެ. އެއީ 2017 ވަނަ އަހަރު ނުކުތް ފިލްމު "އަ ޖެންޓަލްމެން"ގަ އެވެ.
"ތަދަމް" އަކީ މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ބަތަލު ސިދާތް އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ ތާރާ ސުތައިރާ އާއެކު "މަރްޖާވާން" އިންނެވެ.