05 Mar 2020, 08:38
ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ދެވަނަ ބައިގެ ބަތަލާ އަކަށް ދިޝާ ޕަޓާނީ ސޮއިކޮށްފި އެވެ.
މީގެ ކުރިން ވެސް މި ފިލްމަށް ދިޝާ ހަމަޖައްސައިފައިވާ ކަމަށް ބޭރުގެ މީޑީއާތަކުން ރިޕޯޓްކުރި ނަމަވެސް އެކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއްނުވެ އެވެ. ނަމަވެސް ފިލްމުފެއާއިން ބުނާގޮތުގައި މި ފިލްމަށް މިހާރު ދިޝާ ވަނީ ސޮއިކޮށްފަ އެވެ.
އޭނާ މި ފިލްމަށް ސޮއިކުރިއިރު ފިލްމުގެ ދެ ބަތަލުން ކަމަށްވާ އަދިތްޔާ ރޯއީ ކަޕޫރާއި ޖޯން އަބްރަހަމް ވަނީ މި ފިލްމަށް މާކުރިން ސޮއިކޮށްފަ އެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސިދާތް މަލްހަތްރާ އާއި ޝްރައްދާ ކަޕޫރެވެ.
"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.
ދިޝާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ އަދިތްޔާ ރޯއީ އާ އެކު "މަލަންގް" އިންނެވެ.