04 Mar 2020, 12:13
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހާއްސަ އަގުތަކުގައި މަސްކޭސް ފޯރުކޮށްދިނުމަށްޓަކައި މިފްކޯއިން ދަތުރުތަކެއް ފަށައިފި އެވެ.
ރޯދަ މަހާ ދިމާކޮށް "ފަސްމީރު މިވަރެއް ނެތް"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ދަށުން އިއްޔެ ފެށި އެ ދަތުރުތަކުގައި މިފްކޯގެ ޓީމުތައް އެކުންފުނީގެ ދޯނި ފަހަރުގައި އެކި ރަށްރަށަށް ކައިރި ކުރަމުންދާނެ އެވެ.
އެގޮތުން މިފްކޯގެ މެންދޫ ފަހެއް އަދި ލޯބޮޑު ނަމަކަށް ކިޔާ ދެ ދޯނިން ގއ، ގދ. އަދި ފ. އަތޮޅުގެ ރަށްތަކަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ.
ދޯނީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިފްކޯގެ އައިސް ޕްލާންޓުތަކުން ވެސް މި ޕްރޮމޯޝަންގެ ދަށުން ހެޔޮ އަގެއްގައި މަސް ކޭސް ގަންނަން ލިބޭނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯއިން ބުނީ ރަށްރަށަށް މަސް ކޭސް ބަހަން އެކުންފުނިން ފެށި މި ދަތުރުތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
މި ދަތުރުތަކުގެ ޝެޑިއުލްގެ ތަފްސީލު މިފްކޯގެފޭސްބުކްޕޭޖު އަދިޓުވިޓާއިންބަލައިލެވޭނެ އެވެ.
ފަސްމީރު މިވަރެއް ނެތް ޕްރޮމޯޝަންގެ ދަށުން ތެޔޮ މަސް ދަޅު ކޭހެއް ވިއްކަނީ 640ރ. އަށެވެ. އަދި ފެން މަސް ދަޅު ކޭސް ވިއްކަނީ 595ރ. އަށެވެ.