ސެމީ ފައިނަލުގައި ރާއްޖެ ބަލިކޮށް ނުވަ ވަނަ ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް އިންޑީއާ ދަތުރުކޮށްފި.

00:94 ދެވަނަ ހާފްގެ ކުޅުން ނިންމާލައިފި.

00:92 ރޮނގު ބަލަހައްޓާ ލައިންސްމަނާ ދިމާލަށް ޓޮމް ބުނި އެއްޗަކާ ގުޅިގެން ޓޮމްއަށް ރަތް ކާޑު ދައްކައިފި.

00:91 އިތުރު މިނިޓްގެ ގޮތުގައި ދެވަނަ ހާފަށް 4 މިނިޓް އިތުރުކޮށްފި.

00:90 ޗެތުރީ ރާއްޖެ ކޮޅަށް ލަނޑެއް ޖަހައިފި. އިންޑިއާ ތިން ލަނޑު ޖަހައިފި.

00:89 އިންޑިއާގެ 21 ނަންބަރު ކުޅުން ތެރިއާ ކުރި ކުށަކާ ކުޅިގެން ރީނދޫ ކާޑެއް ދައްކައިފި.

00:88 މުހައްމަދު ޝިފާން (ކުޑައްޓޭ)ގެ ބަދަލުގައި އައްސަދު (އަޑުބަރޭ) ކުޅެން އަރުވައިފި.

00:86 އިންޑީއާއިން ލިބުނު ކޯނަރުގައި ފޮނުވާލި ހަމަލަ ރާއްޖޭގެ ކުޅުން ތެރިއަކު މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލައިފި.

00:85 އިންޑީއާއިން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މަތަކޮށްފި.

00:83 ރާއްޖެއަށް ލިބުނު ކޯނަރުގައި ޓޮމް ފޮނުވާލި ބޯޅަ ގޯލާ މާ ދުރުން ބޭރަށް ހިނގައްޖެ.

00:81 ރާއްޖެ ޓީމަށް ބަދަލެއް ގެނެސްފި. ދެވަނަ ހާފްގައި ކުޅެއް އެރުވި ޖަމީލް ބޭލުމަށް ފަހު ބޮކުރީ އަރުވައިފި

00:80 އިންޑިއާގެ ޕެނެލްޓީ އޭރިއާ ބޭރުން އަޝްފާގު ބޯޅަ ހިފައިގެން ދަނިކޮށް އިންޑިއާއިން ފައުލްކޮށްފި.

00:78 އަކުރަމް ފޮނުވާލި ބޯޅަ ގޯލު ހުރަސްކޮށް ހިގައްޖެ. ޓޮމް އަތުން އެ ބޯޅަ ގެއްލުނީ.

00:77 އިންޑިއާ ހާފުގެ ތެރެއިން ރާއްޖެއަށް ޖެހުމެއް ލިބިއްޖެ.

00:73 ރާއްޖެއިން ނަގާލި ކޯނަރާއެކު އަޝްފާގު ފޮނުވާލި ބޯޅަ ގޯލުގެ މާ މަތިން ހިގައްޖެ.

00:73 ރާއްޖެއަށް ކޯނަރެއް ލިބިއްޖެ.

00:72 އިމްރާގެ އަތުގައި ބޯޅަ އޮއްވައި އިންޑިއާގެ ޖޭޖޭ ބޯޅަ ޖެހުމާ ގުޅިގެން އޭނާއަށް ރީނދޫ ކާޑު ދައްކައިފި.

00:70 ކުޅުމުގެ ތެރެއިން އިމްރާ ސަޕު ޖަހާ ކުރިއަށް ފޮނުވާލައިފި.

00:67 އިންޑިއާގެ ޕެނެލްޓީ ކާމިޔާބުކޮށްފި.

00:67 އިންޑިއާއަށް ޕެނެލްޓީއް ލިބިއްޖެ. ޕެނެލްޓީ ޖަހަނީ ސުނިލް ޗެތުރީ.

00:67 އިންޑިއާގެ ނިމާލްގެ ބަދަލުގައި ސްޓީވަން ކުޅެއް އަރައިފި

00:66 އިންޑިއާއިން ކުޅުންތެރިއަކު ބަދަލު ކުރަން ތައްޔާރު ވަނީ.

00:64 އޮއްޕޮ އިންޑިއާގެ ކުޅުންތެރިއަކަށް ކުރި ފައުލްއަކާ ގުޅިގެން ރީނދޫ ކާޑެއް ދައްކައިފި.

00:60 ރާއްޖެއިން ލަނޑު ޖެހުން އިންޑީއާ ޕްރެޝަރަށް ވެއްޓިއްޖެ. އިންޑިއާއިން ހަމަލަ އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދޭ.

00:59 ބޮންޑާ އިންޑިއާ ކޮޅަށް ލަނޑު ޖަހައިފި. ރާއްޖެ އުފާ ފާޅު ކުރަމުންދަނީ.

00:58 އޮއްޕޮ ބޯޅަ ހިފައިގެން އިންޑިއާގެ ޕެނެލްޓީއޭރިއާ ތެރެއަށް ވަންނަން އުޅެނިކޮށް ވެއްޓިއްޖެ.

00:51 އިންޑިއާއިން ހަމަލައެއް އުފައްދައިފި. ކީޕަރު އިމްރާން ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި ބޭރަށް ހިގައްޖެ. އިންޑިއާއަށް ކޯނަރެއް.

http://sun.mv/albums/l_2733.jpg

00:50 ރާއްޖެއަށް ކޯނަރެއް ލިބިއްޖެ.

00:48 ރާއްޖެއިން ފޮނުވާލި ހަމަލަ އިންޑިއާގެ ކީޕަރު މަތަކޮށްފި. ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފި.

00:47 އިސްމާއިލްގެ ބަދަލުގައި ޖަމީލް ކުޅުން ނުކުމެއްޖެ.

00:46 ދެވަނަ ހާފްގެ ކުޅުން ފަށައިފި.
ޒަރިޔަންދު: "ފުރަތަމަ ހާފްގެ 30 ވަނަ މިނިޓުން ފެށިގެން ރާއްޖެ ގުޅުމުގެ ތެރެއަށް ރަނގަޅަށް ވަދެއްޖެ. އަޝްފާގު އަނިޔާއިން ބޭރަށް ދިޔަ ވަގުތު އިންޑިއާއިން ވަގުތުގެ ބޭނުން ކުރި،"

00:48 ފުރަތަމަ ހާފް ނިމިއްޖެ

00:46 އުމެއިރު ގޯލަށް ފޮނުވާލި ހަމަލާ ބޭކާރު ވެއްޖެ

00:45 އިތުރު ވަގުތުގެ ދެ މިނެޓް ދީފި

00:43 އަޝްފާގު ގޯލު ކުރިމަތިން ނެގި ނުރައްކާތެރި ހަަމަލެއެއް ދީފި

00:40 ނުރައްކާތެރި ހަމަލާއެއް އިންޑިއާއިން އުފައްދައިފި

00:38 އިންޑިއާ ލިބުނު ހުސް ފުރުސަތެއް ބޭކާރު ވެއްޖެ

00:37 އަޝްފާގު ނަގައިދިން ބޯޅަ ގޯލުގެ ބޭރުން

00:36 ރާއްޖެ އަށް ފުރަތަމަ ކޯނަރު ލިބިއްޖެ. އިސްމާއިލް މުހައްމަދު ކޯނަރު ނަގައިދީ

00:35 އިންޑިއާ ހާފްތެރެއިން ބޮންޑާ ބޯޅަ ހިފައިގެންދަނިކޮށް ފައުލް ކޮށްފި

00:34 އަޝްފާގަށް ކުރި ފައުލް އަކާ ގުޅިގެން ބޮލަށް އަނިޔާ އެއް ލިބިއްޖެ

00:33 ރާއްޖޭގެ ސެމީ ސާކަލް ތެރެއިން އިންޑިއާ އަށް ޖެހުމެއް

00:31 ބޯޅަ ގިނައިން އޮންނަނީ ރާއްޖޭގެ ހާފްތެރޭގައި

00:28 އިންޑިއާ އިން ދަނީ އަނެއްކާވެސް ރާއްޖޭގެ ގޯލަށް ބާރު ބޮޑު ކުރަމުން

00:27 ބަކާ ނެތް ތަންކޮޅު ވަރަށް ބޮޑަށް ދައްކަމުންދޭ. މެދު ތެރެއިން ދަނީ ޕާސްތައް މިސްވަމުން

00:26 އިންޑިއާގެ ލަނޑަށްފަހު ރާއްޖޭން ދަނީ ކުޅުން ރަނގަޅު ކުރަމުން

00:25 އިންޑިއާގެ ގޯލު ކުރިމަތިން ޓޮމް އަށް ލިބުނު ފުރުސަތު ބޭކާރު ވެއްޖެ

00:24 އިންޑިއާގެ ގޯލު ޖަހައިދިނީ 22 ނަބީ

00:24 އިންޑިއާއިން ލަނޑެއް ޖަހައިފި

00:23 އިންޑިއާއިން ދަނީ ރާއްޖޭގެ ހާފްތެރޭ ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން

00:22 އަޝްފާގު ކުޅުމާ ބައިވެރި ވެއްޖެ

00:21 ޗެތުރީ ގޯލު ކުރިމަތިން ވަރަށް ނުރައްކާތެރި ހަމަލާއެއް ދީފި

00:20 ރާއްޖޭގެ ޕެނަލްޓީ ތެރެއިން އިންޑިއާ ކުޅުންތެރިއަކު އޮފްސައިޑް

00:19 މިވަގުތު ރާއްޖޭން ކުޅެމުން ދަނީ 10 ކުޅުންތެރިންނާ އެކު

00:18 ފަރުވާއަށް ކެޕްޓަން އަޝްފާގު ދަނޑުން ފައިބައިފި

00:17 އަޝްފާގު ދަނޑުމަތީގައި ވެއްޓިފައި އޮތުމުން މެޗު އޮތީ ހުއްޓާލާފައި

00:16 ސުނިލް ޗެތުރީ ރާއްޖޭގެ ގޯލު ކުރިމަތިން ނަގައިދިން ހުރަސް އިންޑިއާ ކުޅުންތެރި އެއްގެ ފައިގައި ޖެހިފައި ބޭރު ވެއްޖެ

00:15 އިންޑިއާގެ ވާތް ފަރާތުން ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ދަނީ އުފައްދަމުން

00:13 ޖޭޖޭ ބޮލުން ދިން ހަމަލާ އެއް އިމްރާން ސޭވް ކޮށްފި

00:12 ބޮންޑާ މަތިމަތިން ނަގައިދިން ބޯޅަ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށް

00:10 އަޝްފާގަށް އަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދައިފި

00:09 ދަގަނޑޭ ދިން ހަމަލާ ވެސް އިންޑިއާ ކީޕަރު ދިފާއު ކޮށްފި. ނަމަވެސް މާ ބޮޑު ބާރެއް އެ ބޯޅައެއްގައި ނެތް.

00:08 އިސްމާއިލް މުހައްމަދު ނަގައިދިން ބޯޅަ އިންޑިއާ ކީޕަރު ދިފާއު ކޮށްފި

00:07 ރާއްޖޭގެ ގޯލަށް 22ނަބީ ޖެހި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށް

00:05ނިމާލް ކުރި ފައުލަކާ ގުޅިގެން އިންޑިއާ އަށް ޖެހުމެއް

00:04 ރާއްޖޭގެ ފުރަތަމަ ކޯނަރު ނަގައިދީފި

00:04 ރާއްޖޭގެ ފުރަތަމަ ހަމަލޭ ދަގަނޑޭ ގޯލަށް އަމާޒު ކުރި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން

00:02 އިންޑިއާގެ ފުރަތަމަ ހަމަލާ ރާއްޖޭގެ ގޯލަށް އަމާޒު ކުރީ ޖޭޖޭ

00:01 ގޯލް ކުރިމަތިން ޖެހުން އިންޑިއާ އަށް

00:01 އިންޑިއާއިން މެޗް ފަށައިފި

00:01 އިންޑީއާގެ ކޯޗަކީ ސަވޭރީ. އަދި ރާއްޖޭގެ ކޯޗަކީ އިސްތަވާން އުރުބާނީ

14:25 ރާއްޖޭގެ ގައުމީ ސަލާމް ފަށައިފި. ދެ ޓީމްގެ ކުޅުންތެރިން މިހާރު ވަނީ ދަނޑަށް ނުކުމެފައި.
http://sun.mv/albums/l_2729.jpg

ރާއްޖެ ޓީމުގެ މެނޭޖަރު އަލީ ވަހީދު މިއަދުގެ މެޗާ ގުޅޭ ގޮތުން ވިދާޅުވީ މިއަދުގެ މެޗަށް ނުކުންނަނީ އިންޑިއާގެ ދަނޑުގައި އިންޑިއާ ބަލި ކުރުން ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ އަމާޒު ހުރީ މިއަދުގެ މެޗަށް ކަމަށް މެނޭޖަރު ވިދާޅުވި އެވެ.

http://sun.mv/albums/l_2730.jpg

މިއަދުގެ ފުރަތަމަ 11 ގައި އަހުމަދު އާރިފް (ބަކާ)ގެ ބަދަލުގައި ނުކުންނާނީ ކުޑައްޓޭ އެވެ.
މެޗް އެނަލިސްޓް އިސްމާއީލް ޒަރިޔަންދު: ވިދާޅުވީ ބަކާ އަކީ ބޯޅަ ހިފަހައްޓާ ކުޅުންތެރި އެއް ކަމަށެވެ. އަދި ބަކާ އާއި ޝިފާން އާއި ދެކުޅުންތެރި ތިބި ނަމަ މެދުތެރެ އިތުރަށް ވަރުގަދަ ވާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އަދި މިއަދު ބަކާގެ ޒިންމާ އަދާކުރާ ގޮތަށް ވަނީ ބޮންޑާ އެވެ.

http://sun.mv/albums/l_2728.jpg
ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ލައިވް އަޕްޑޭޓަށް މަރުހަބާ!

ރާޖޭގެ ފުރަތަމަ އެގާރަ:

އަލީ އަޝްފާގް (ކެޕްޓަން)
ޝަމްވީލް ގާސިމް
އިމްރާން މުހައްމަދު، ގޯލްކީޕަރު
އައްސަދު އަބްދުލް ގަނީ
ޝާފީއު އަހުމަދު
އަކުރަމް އަބްދުލް ގަނީ
މުހައްމަދު އުމެއިރު
ޝިފާން (ކުޑައްޓޭ)
އިބްރާހިމް ފަޒީލް
އިސްމާއިލް މުހައްމަދު
އަހުމަދު ތޯރިގްނުވަ"އިންއިން