މެދު ރާއްޖެތެރޭގެ ރަށެއްގައި ދޮން ދަރިފުޅަށް ޖިންސީ ގޯނާކުރި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް، އެކުއްޖާގެ ދޮންބައްޕަ ޖިންސީގޯނާ ކުރި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.