02 Mar 2020, 14:21
ނިއުދިއްލީ (2 މާޗު) -- އިންޑިއާގެ ނިއުދިއްލީގައި ދާދިފަހުން ހިންގި ހަމަނުޖެހުނަކީ ސަރުކާރު ހިންގާ ޕާޓީ، ބާރަތިޔާ ޖަނަތަ ޕާޓީ ރާވައިގެން 'ނަސްލެއް ނައްތާލުމަށް ރާވައިގެން' ހިންގި ހަމަނުޖެހުމެއް ކަމަށް ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމަތާ ބެނެރަޖީ ވިދާޅުވެއްޖެ އެވެ.
"އެއީ ކަނޑައެޅިގެން ނަސްލެއް ނައްތާލުން. އެކަމަކު ބީޖޭޕީ އިން މައާފަށް އެދޭކަށް ބޭނުމެއް ނޫން. އަދި ލަދެއް ނެތި މިތަނަށް އައިސް ބުނީ، ބަންގާލީން ހައްޔަރުކުރަން ބޭނުން ކަމަށް،" ބެންގޯލްގެ ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
ބެނެރަޖީ ވިދާޅުވީ މިއަދު ވައުދެއްވާން ޖެހޭ ކަމަށާއި އެ ވައުދަކީ "މި ހުދުމުހުތާރު ސަރުކާރު މުލުން ލުހެލައި ނިންމުމުގެ ވައުދު" ކަމަށެވެ.
"އަހަރެންނަށް އެނގޭ އިއްޔެ ބީޖޭޕީ އިން ބޭއްވި ރެލީގައި ބައެއް މީހުން 'ގޯލީ މާރޯ' ސްލޯގަން ބޭނުން ކުރި. އެއީ ގާނޫނާ ހިލާފު ކަމެއް. އަހަރެން ޔަގީންކަން ދެން އެފަދަ ބަހުރުވަ ބޭނުންކުރާ މީހުންނާ ގާނޫނު އަރައި ހަމަކުރާނެކަން،" ބެނެރަޖީ ވިދާޅުވި އެވެ.
ޗީފް މިނިސްޓަރު ވިދާޅުވީ ދިއްލީގައި، ލީޑަރުން ހަރުކަށި ބަސްތަކުގެ ސްލޯގަން ބޭނުންކުރުމުމުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މިތަނުގައި އެފަދަ ބަސްތައް ބޭނުންކުރި ބީޖޭޕީގެ ތިން މީހަކު ވާނީ ހައްޔަރުކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވީ ބީޖޭޕީ އިން އެފަދަ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
- އިންޑިއާގެ ނޫސްތައް