ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ފުރަތަމަ ޓަރިޖީއަމް ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ފެބްރުއަރީ 27 ވަނަ ދުވަހު ޓްރީޓޮޕްއިން އެ ސާޖަރީ ކޮށްފައިވަނީ އުމުރުން 78 އަހަރުގެ މީހެކެވެ.

ޓަރިޖީއަމްއަކީ ލޮލުގެ ކޯނިއާ މަތީގައިވާ ކޮންޖަންކްޓިވާ ނުވަތަ މިއުކަސް މެމްބްރޭން ފަށަލަ އާދަޔާ ހިލާފަށް ބޮޑުވުމުން ދިމާވާ ހާލަތެކެވެ.

މި ހާލަތުގައި ލޮލުގެ ކޮއި (ޕިއުޕިލް)ގެ މައްޗަށް ޓަރިޖީއަމް އަރައި، ފެނުމަށް ދަތިވުމުން ސާޖަރީއެއް ކުރަން ޖެހެ އެވެ.

ޓްރީޓޮޕްގެ ފުރަތަމަ ޓަރިޖީއަމް ސާޖަރީ ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ކޮންސަލްޓަންޓް ޑރ. އަދިތުޔަ ރޭގޭ އިސްކޮށް ހުންނަވާ، ހުނަރުވެރި އެނެސްތީސިއޮލޮޖިސްޓުންނާއި އޮޕަރޭޝަން ތިއޭޓާ ނަރުހުންގެ ޓީމަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ޓަރިޖީއަމް ސާޖަރީ ކުރި ޓީމު-- ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް

"މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް. މި ޕްރޮސީޖާގެ ސަބަބުން އެމީހާގެ ލޮލުގެ ފެނުން ފުސްވަމުންދިޔަ ދިއުން ހުއްޓި، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ." ޑރ. ރޭގޭ ވިދާޅުވި އެވެ.

ޓަރިޖީއަމްގެ އިތުރުން ޑރ. ރޭގޭއަކީ ފެކޮއިމަލްސިފިކޭޝަން، ކަލޭޒިއަން ސާޖަރީ، ޑައިބެޓިކް ރެޓީނޮޕަތީ ސްކްރީނިން، މެޑިކަލް ގްލޯކޯމާ މެނޭޖްމަންޓް އަދި ކެޓެރެކްޓް މައްސަލަތަކުގެ ސާޖަރީ މެނޭޖު ކުރުމުގައި ތަޖުރިބާކާރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު އަދި އެންމެ އެކަށީގެންވާ ތަމްރީނުތައް ލިބިފައިވާ ކޮންސަލްޓެންޓުންނެވެ.

އެ ޑިޕާޓްމަންޓުން ކުރާ ހުރިހާ އެގްޒަމިނޭޝަންތަކާއި ޑައިގްނޯސިސް އަދި ދޭ ފަރުވާތަކުގައި ވެސް ބޭނުން ކުރަނީ އެންމެ ފަހުގެ ގޮތްތަކާއި ޓެކްނޮލޮޖީތަކެވެ.

މި ޑިޕާޓްމަންޓުން ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ދިމާވާ ލޮލުގެ ގިނަ މައްސަލަތަކަށް ފަރުވާ ފޯރުކޮށްދެ އެވެ.

އެޕޮއިންޓްމަންޓް ހެދުމަށާއި މައުލޫމާތު ސާފު ކުރުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ 24 ގަޑިއިރު ހިދުމަތް ލިބޭ ކޮންޓެކްޓް ސެންޓަރުގެ ނަމްބަރު 3351610 އަށް ނުވަތަ[email protected]އަށް އީމެއިލް ކުރުމުން މައުލޫމާތު ލިބޭނެ އެވެ.