ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާގީ 3" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

މި ލަވައަކީ "ބާގީ 2"ގެ ބަތަލާ ދިޝާ ޕަޓާނީ ކުޅެފައިވާ ވަރަށް ފޯރިގަދަ އައިޓަމް ލަވައެކެވެ. "ޑޫޔޫ ލަވް މީ" ނަމަކަށް ކިޔާ އެލަވަ ކިޔާފައިވަނީ ނިކިތާ އެވެ. އެ ލަވައިގައި ދިޝާ އާއެކު ފިލްމުގެ ބަތަލު ޓައިގާ ޝްރޮފް ވެސް ފެނިގެންދެ އެވެ. މި ލަވަ ރިލީޒްކުރުމާއެކު މި ލަވައަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ޓައިގާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑު ރޯލުކުޅޭނީ ބާގީގެ ފުރަތަމަ ބައިގެވެސް ލީޑުރޯލު ކުޅުނު ބަތަލާ ޝްރައްދާ ކަޕޫރެވެ. މި މަހު ހަވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގައިބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއްވެސް ހިމަނަން ވަނީ ނިންމާފައެވެ.

ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ބާގީ ފްރެންޗައިޒްއަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މަގްބޫލު ފްރެންޗައިޒްއެކެވެ. ފިލްމުގެ ޓްރެއިލާ ދެއްކުމާއެކު ގިނަ ބަޔަކު އަންނަނީ މި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނަމުންނެވެ.