ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ދެވަނަ ބައިގެ ބަތަލާ އަކަށް ދިޝާ ޕަޓާނީ ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އެ ފިލްމު ކުޅުމަށް މިހާރު ވަނީ ދިޝާ އަށް ހުށައަޅާފައެވެ. ނަމަވެސް އެކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއްނުވެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔާ ރޯއީ ކަޕޫރެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސިދާތް މަލްހަތްރާ އާއި ޝްރައްދާ ކަޕޫރެވެ.

ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް އަހަރުގެ މެދުތެރޭ ފެށުމަށް ވަނީ ނިންމައިފަ އެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

ދިޝާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ އަދިތްޔާ ރޯއީ އާއެކު "މަލަންގް" އިންނެވެ. އެ ފިލްމަށް ވަނީ 50 ކުރޯޑުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައެވެ.