ބޮލީވުޑްގެ ބަތަލާ ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2" އަންނަ އަހަރަށް ތާވަލްކޮށްފިއެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ނިންމިއިރު ވަނީ ފިލްމުގެ ދެ ޕޯސްޓަރެއްވެސް އާންމުކޮށްފައެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމި އިރު އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ޓައިގާ އެވެ. ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. ހީރޯޕަންތީގައި ޓައިގާ އާ އެކު ހަރަކާތްތެރިވާނީ ކްރިތީ ސެނަން ކަމަށް ހަބަރުތައް ބުނެއެވެ. ކްރިތީ އަކީ އެ ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ބަތަލާއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ އެ ފިލްމުގެ ޕޯސްޓަރުގައި ލިޔެފައިވަނީ "ދަ ވޯލްޑް ވޯންޓްސް ހިމް ޑެޑް" އެވެ. ޓައިގާ ބުނީ މި ފިލްމަކީ ވަރަށް ހާއްސަ ފިލްމެއްކަމަށާއި އަދި މި ފިލްމުގެ ފްރެންޗައިޒެއް މެންޓާ ސާޖިދު ސާ އާއެކު މަސައްކަތްކޮށްލަން ލިބުމަކީ މި ފިލްމު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.