ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް‘ ލޯންޗުކުރި ލޯބިވެވިއްޖެގެ ލަންކާގައި ނެގުމަށް ހަމަޖެހުނު މަންޒަރުތަކުގެ ޝޫޓިންތައް ނިންމާލައިފި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން "ސަން" އަށް ބުނީ މި ފިލްމުގެ ލަންކާގެ ޝޫޓިންތައް ކާމިޔާބުކަމާ އެކު ނިންމާލެވިއްޖެ ކަމަށާއި ބާކީ އޮތީ މާލޭގައި ނަގަން ޖެހޭ ދެތިން މަންޒަރަކާއި ފިލްމުގެ ލަވައިގެ ޝޫޓިންއެވެ.

ޖުމްލަ ފަސް ލަވަ ހިމެނޭ އެ ފިލްމު މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ސީޒަން ބުންޏެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގަ އެވެ. ލަންކާ ޝޫޓިން ފެށީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި ޢަލީ ޝަމީލް ވެސް ފިލްމުން ފެނިގެންދާނެ އެވެ.