29 Feb 2020, 09:48
މީގެ ތިން އަހަރު ކުރިން މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް އައި ބޮލީވުޑްގެ އެކްޓްރެސް އުރުވަޝީ ރޮޓޭލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އުރްވަޝީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. ސީޕްލޭނެއްގެ ސިޑިމަތީގައި އިށީނދެގެން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރިއިރު އޭނާ އަންނަނީ ސަން ސިޔާމް އިރުފުށި ރިސޯޓްގަ އެވެ.
ބަތަލާ އުރްވަޝީ---
ބަތަލާ އުރްވަނީ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އިންނެވެ. އުރްވަޝީ ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރު ފިލްމު "ސިންގް ސާ ސާބް ދަ ގްރޭޓް" އިންނެވެ. އުރްވަޝީ އަކީ 2009 ވަނަ އަހަރުގެ މިސް ޓީން އިންޑިއާ ކާމިޔާބުކުރި ރީތީގެ ރާނީއެވެ. އޭނާ ވަނީ 2015 ވަނަ އަހަރު މިސް ޔުނިވާސް މުބާރާތުގައި ވެސް ބައިވެރިވެފަ އެވެ.
މީގެ އިތުރުން ސަނަމްރޭގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ. ހޭޓް ސްޓޯރީ 4 އިން ވެސް އޭނާ ފެނިގެންދާނެ އެވެ. މީގެ އިތުރުން ރޭސް 3ގައި ހާއްސަ ފެނިލުމަކުން ވެސް އުރްވަޝީ ވަނީ ފެނިގެން ގޮއްސަ އެވެ.