10:00


އިޓަލީގެ ވެރިރަށް ރޯމަށް ކުރައްވާ ދަތުރުފުޅެއްގައި ރއީަސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ ފުރާވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވާނެ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއާ ގުޅޭގޮތުން އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ބެހޭގޮތުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާ ހަވާލާދީ ރައީސް އޮފީހުން ބުނެފައިވަނީ އިޓަލީއަކީ ރާއްޖެއާ ވަރަށް ގާތް ރަޙްމަތްތެރި ޤައުމެއް ކަމަށާއި އެޤައުމަކީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދޭ ޤައުމެއް ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ސަބަބުން، ދެޤައުމުގެ ގުޅުން އިހުނަށްވުރެ ބަދަހިވެ، ރާއްޖެއަށް އިތުރު ފައިދާތަކެއްވެސް ލިބޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ޒުހެއިރު ވިދާޅުވެފައިވެ އެވެ.